ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ލޫޒަން، ސ. ހިތަދޫ، އާލާ އިބްރާހިމް ރަޝީދު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އާލާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އާލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

އާލާއަށް ކުރަނީ ސީދާ ކޮން ތުހުމަތުތަކެއްކަމެއް ވެސް ސާފެއްނުވެއެވެ.

އާލާއަކީ މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖެ ޓީވީގައި މަސައްކަތްކުރި އިރު ލިޔުނު ހަބަރަކާ ގުޅިގެން އަބުރު ރައްކާތެރިރުމާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރި ނޫސްވެރިއެކެވެ.

Leave a Reply