
ޗައިނާގެ ކްރޫސް ލައިނާއަކުން ރާއްޖެއަށް 700އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި މަޑުކުރުމަށް ފަހު ރާއްޖެ އައީ ޗައިނާގެ ކްރޫސް ލައިނާ، އެމްއެސް ވައިކިން ޔީ ޑުންއެވެ.
އިމިގްރޭޝަންއިން ބުނީ އެ ކްރޫސް ލައިނާއިން 732ފަތުރުވެރިންނަށާއި 486ފަޅުވެރިންނަށް ވީސާ ކްލިއަރެންސް ދިން ކަމަށެވެ.
މިއީ ޗައިނާއިން ރާއްޖެއައި ފުރަތަމަ ކްރޫސް ލައިނާވެސް މެއެވެ.
އެ ކްރޫސް ލައިނާއިން އައި ފަތުރުވެރިން މިއަދު މާލެވެސް ފައިބައިފައިވާ އިރު ވިޒިޓް މޯލްޑިވްސްއިން ވަނީ އެ ފަތުރުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފައެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއެއް ގައުމެކެވެ.
އަދި މި އަހަރު އިރާނު ހަނގުރާމަ ފެށިފަހުން ޔޫރަޕްއިންއާއި މެދު އިރުމަތިން އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވި ނަމަވެސް ޗައިނާއިން ރާއްޖެ އައި ފަތުވެރިންގެ އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































