ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގައި އަޑިއަށް ދިޔައީ ކ. ދިއްފުށީގެ ލޯންޗެކެވެ.

ސިނަމަން ދޮންވެލި މޯލްޑިވްސް ކައިރިން އަޑިއަށް ދިޔަ ލޯންޗުގައި 18މީހުން ތިބިއިރު އޭގެ ތެރޭގައި 14ފަތުރުވެރިންވެސް ހިމެނެއެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަދި ލޯންޗު އަޑިއަށް ދިއުމުގެ ކުރިން އެންމެންވެސް ވަނީ އެހެން ލޯންޗަކަށް ނަގައިފައެވެ.

އެ ފަތުުރުވެރިން މިހާރު ވަނީ ދިއްފުއްޓަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މި ދުވަސްވަރު ވިއްސާރަވެ ކަނޑުތައް ގަދަވެފައިވާތީ ކަނޑުދަތުރުކުރާ އިރު ސަމާލުވުމަށް އިދާރާތަކުން ދަނީ ވަރަށް ބޮޑަށް އިލްތިމާސްވެސްކުރަމުންނެވެ.

Leave a Reply