ރާއްޖެއިން ޑީޕޯޓްކުރި މީހަކާ މެދު ސަމާލުވާން އޭނާ ވަޒީފާ އަދާކުރި ފިހާރައިން އެދިއްޖެއެވެ.

އެކި ކަހަލަ ފޮތި ވިއްކާ “އަބްރާޒޯސް”ފިހާރައިން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައްކަމާއި މާރާމާރީގެ މައްސަލައަކާ ގުޅިގެން އެ ފިހާރައިގެ ވަޒީފާއިން ވަކިކޮށް ޑީޕޯޓްކުރި އަޖޭ ކުމާރު ނަމަކަށް ކިޔާ އިންޑިއާގެ މީހެއްގެ އުނދަގުން އަދިވެސް ސަަލާމަތް ނުވާ ކަމަށެވެ.

ފިހާރައިން ބުނީ އަޖޭ ކުމާރަކީ އެ ފިހާރައިގައި ޑެލިވަރީގައި މަސައްކަތް ކުރި މީހެއް ކަމަށާއި އެހެންވެ އޭނާގެ އަތުގައި ކަސްޓަމަރުންގެ ކޮންޓެކްޓް ނަންބަރު ހުންނާނެ ކަމަށެވެ.

އަދި އެ ކަސްޓަމަރުންގެ ނަންބަރުތަކަށް މެސެޖުކޮށް ބޭ އަދަބީ ވީޑިއޯ ކޯލް ވެސް ކުރަމުންދާ ކަމަށެވެ.

އެހެންވެ އަޖޭއަށް ސަމާލުވުމަށާއި އެއްވެސް މައުލޫމާތެއް އޭނާއަށް ހިއްސާ ނުކުރުމަށް ވެސް ފިހާރައިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އޭނާއާ ހުރެ ކަސްޓަމަރުންނަށް ދިމާވަމުންދާ އުނދަގޫތަކަށް ފިހާރައިން މާފަށް އެދިފައިވެއެވެ.

Leave a Reply