ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކުރީ އަބްދުއްލަތީފް އަހްމަދު (އުދަރެސް ލަތީފް)އެވެ.

އޭނާ މަގާމުން ވަކިކުރިކަން ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވައިފައެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.

މި ސަރުކާރުގައި ލަތީފް އެންމެ ފުރަތަމަ ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ އޮތީ ހަމަޖައްސައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލަތީފް ވަނީ ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

Leave a Reply