މިއަދު މެންދުރު ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާރު ނުފެންނަ ހަތަރު ޑައިވަރުން ތިބިކަމަށް ލަފާކުރެވެނީ 200ފޫޓް ހުންނަ ކޭވްއެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އޭނާ އޮތީ މަރުވެފައެވެ.

އެމްއެންޑީއެފްއިން ބުނީ ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ގެއްލުނު އެންމެންނަކީވެސް އިޓަލީއަށް ނިސްބަތްވާ މީހުންނެވެ.

Leave a Reply