
ގ. މިތުރު ގޭގެ ކޮޓަރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ކޮޓަރީގައި ދިރިއުޅޭ ހަތަރު މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގައި ދިރިއުޅޭ 4 ފަރާތަށް ވަނީ 5 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ބުއިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮޓަރީގައި ދިރިއުޅޭ އާއިލާ އަކީ ކުއްޔަށް ދިރިއުޅޭ އާއިލާއެއް ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ގ. މިތުރުގޭގެ ގޮދަޑިއެއްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ 8:45 ގައެވެ. މި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































