އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް އޮންލައިންކޮށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މައުލޫމާތު ސިޔާސީ ޕާޓީތަކަށް ދީފި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވީ ވެރިކަންކުރާ ޕީއެންސީ އާއި، އިދިކޮޅު އެމްޑީޕީގެ އިތުރުން، އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ.

ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އަދި އިންތިޚާބާށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށް އީސީން އެދުނެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއި، މި ކޮމިޝަން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އީސީން ބުންޏެވެ.

Leave a Reply