ގައުމީ އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20އާހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑަކަށްވާ އިރު މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10ގިންތިއަކުން ދިނުމަށް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކެޓެގަރީތަކަކީ

  • އިންޖިނިއާ އޮފް ދަ އިޔާ
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • ޔަންގް އިންޖިނިއާ އެވޯޑް
  • ވިމެން އިން އިންޖިނިއަރިން އެވޯޑް
  • ސްޓޫޑަންޓް އިނޮވޭޓާ އެވޯޑް

Leave a Reply