ޤައުމު މިހާރު ވެއްޓިފައިވާ ހާލަތުން އަރައިގަނެ ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން އެއްގަލަކަށް އަރައިވަޑައިގަތުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލް ގޮވާލައްވައިފިއެވެ.

މީސްމީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގެ ފައްޔާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި ކަމަށާއި އެ މަނިކުފާނު ރައީސްކަމުގެ ހުވަޔާ ޚިލާފުވެ، ބުއްދި ފިލައި ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މިއީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުން މި ސަރުކާރަށް ނުރުހޭކަމުގެ އަޑު، ރައީސް މުޢިއްޒުއަށް އިއްވަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ ލީޑަރުނާއި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނިކުންނަވާ ޤައުމު ސަލާމަތް ކުރަންވީ ވަގުތު އައިސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply