މަރުވެފައި އޮތް މީހަކު ގުޅީފަޅު ކައިރިން، ކަނޑުމަތިން ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މަރުވެފައި އޮތް މީހަކު ފެނިގެން، އެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ސަރަހައްދަށް ފުލުހުން ގޮސް އޭނާގެ ހަށިގަނޑު ގެނެސް، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތުތައް ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Leave a Reply