ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިސެސް މިނިސްޓަރު ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިސެސް މިނިސްޓަރު ހަސަން ޒަރީރަށް ރުހުން ދިނުމާމެދު ދިރާސާކުރުމަށްފަހު ރުހުން ދިނުމަށް ނިންނމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ޒަރީރަށް ރުހުން ދިނުމުގެ އިތުރުން މިނިސްޓްރީތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކަށް ވެސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ކޮމިޓީ މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދިނުމަށް ނިންމާފައެވެ.

ކޮމިޓީއިން ރުހުން ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށްވެސް މި ދެ މައްސަލަ ފޮނުވާނެއެވެ. ޒަރީރުއަށް ރުހުން ދިނުމަށް ފާސްކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޒަރީރު އަކީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރު ކަމުގެ މަގާމު ފުރުއްވުމުގެ އިތުރުން މާލީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

Leave a Reply