މާލޭގެ މަގުމަތީގެ ކާރޫބާރޫ ބޮޑުކަމުން ސައިކަލު ދުއްވުމަކީ ދަތި ކަމެކެވެ. މީގެ އިތުރުން ގަވައިދާ ހިލާފަށް، ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ ބައެއް މީހުންގެ ސަބަބުން މަގުމައްޗަކީ ނުރައްކާތެރި ތަނަކަށް ވެސް މިއޮތީ ވެފައެވެ. ދުއްވާފައި އަންނަ ވެހިކަލަކާ ތިމާގެ ސައިކަލު ޖެހި، އެކްސިޑެންޓު ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
މަގުމަތީގެ އެކްސިޑެންޓުތަކަކީ އާންމުކޮށް ހިނގާ ހާދިސާތަކެކެވެ. އަދި ކޮންމެ އެކްސިޑެންޓެއްގައި ވެސް، އޭގައި ޝާމިލުވާ ހުރިހާ ފަރާތަކަށް ވެސް އެކި ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެ ގެއްލުންތައް ފޫބެއްދުމަށް ބައެއް ފަހަރު ބޮޑެތި ހަރަދު ދެއެވެ. އެކަމަކު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މިފަދަ ހަރަދުތައް ވާނީ މާލީ ބުރައަކަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
މިކަމުގެ ހައްލަކީ މޮޓޯ އިންޝުއަރަންސް ޕްލޭނެއް ސައިކަލަށް ނަގާފައި ބޭއްވުމެވެ. ރާއްޖޭގެ އެއްގަމު އުޅަނދުތަކާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން، ތާޑް-ޕާޓީ މޮޓޯ އިންޝުއަރަންސެއް ނުވަތަ ތާޑް-ޕާޓީ މޮޓޯ ތަކާފުލް ޕްލޭނެއް އޮތުމަކީ ލާޒިމު ކަމެކެވެ. އެކަމަކު ތާޑް-ޕާޓީ ޕްލޭނެއްގެ ބޭނުމަކީ ތިމާގެ އުޅަނދުގެ ސަބަބުން އެހެން މީހެއްގެ އުޅަނދަށް ނުވަތަ އެހެން މީހަކަށް ވާ ފިޒިކަލް އަނިޔާއަކަށް ބަދަލު ދިނުމެވެ.
އެކަމަކު ތިމާގެ އަމިއްލަ ނަފްސަށާއި އަމިއްލަ އުޅަނދަށް ވެސް އިންޝުއަރަންސް ކަވަރޭޖެއް ބޭނުން ނަމަ، ޚިޔާރު ކުރަންވީ އެލައިޑްގެ މޮޓޯ ކޮމްޕްރެހެންސިވް ޕްލޭނެކެވެ. މިއިން ތިންވަނަ ފަރާތެއްގެ އިތުރުން، އަމިއްލަ މުދަލާއި ނަފްސަށް ވެސް ރައްކާތެރިކަން ފޯރުކޮށްދެއެވެ.
އެހެންކަމުން އެކްސިޑެންޓެއް ވެދާނެ ކަމަށް ރައްކާތެރިވެ، ތިމާގެ އަމިއްލަ މުދަލާއި ނަފްސަށް ވެސް ރައްކާތެރިކަން ހޯދުމަށް ޓަކައި ޚިޔާރުކުރަންވީ އެލައިޑްގެ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެވެ.
އެލައިޑުން ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ބައްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެލައިޑުގެ އޮންލައިން ޕޯޓަލް “މައި އެލައިޑް”އަށް ވަދެލައި، އޮންލައިންކޮށް އެކަން ކޮށްލެވޭނެއެވެ.

Leave a Reply