
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓެޓިސްޓިސްގައިވާ ގޮތުން މި ޖުލައި މަހުގެ 25ވަނަ ދުވަހަކީ މި މަހުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހެވެ.
އެ މިނިސްޓްރީން ބުނީ މި މަހުގެ 27ގެ ނިޔަލަށް ޖުމްލަ 159,537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ 2025ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ޒިޔާރަތްކޮށްފައި ވަނީ 161,766 ފަތުރުވެރިންނެވެ. މިއީ 1.4 ޕަސެންޓުގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 210,109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 17.4 އިންސައްތައެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައި ފަސް ގައުމު
ޗައިނާ: 210,109 ފަތުރުވެރިން (17.4 އިންސައްތަ)
ރަޝިއާ: 175,814 ފަތުރުވެރިން (14.6 އިންސައްތަ)
އިނގިރޭސިވިލާތް (ޔޫ.ކޭ): 96,179 ފަތުރުވެރިން (8.0 އިންސައްތަ)
އިޓަލީ: 78,982 ފަތުރުވެރިން (6.6 އިންސައްތަ)
ޖަރުމަނުވިލާތް: 75,550 ފަތުރުވެރިން (6.3 އިންސައްތަ)
އިންޑިއާ: 71,084 ފަތުރުވެރިން (5.9 އިންސައްތަ)
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި މިހާރު ޖުމްލަ 68,282 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނެއެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































