ހއ. ހޯރަފުށީ ހިޔާގެ ތިން ކުއްޖަކު އެ ތަނުން ނުކުމެ މީހަކު ރަހީނުކޮށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހްގީގުކުރަން ފަށައިފިއެވެ.

ފުލުހުން ޚިދުމަތުން ބުނީ، ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން 2026 ޖުލައި 14ވަނަ ދުވަހުގެ ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply