މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ  ގޫގަލް ފޯމު މެދުވެރިކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މުބާރާތުގައި ފުރުސަތު ދޭނީ ލިޔެކިޔުންތައް ފުރިހަމަކޮށް އެންމެ އިސްކޮށް ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.

އަދި މާލެއިން މުބާރާތުގައި ބައިވެރިވެވޭނީ އިސްވެ ފޯމު ހުށަހަޅ،ާ ޝަރުތު ހަމަވާ ފުރަތަމަ 20ޓީމަށް ކަމަށާއި އަދި ރަށްރަށުން ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އިތުރަށް ބުނީ އެ މުބާރާތުގައި

  • ގަވައިދުތަކުން ހިފުން ނުވަތަ ބޭނުންކުރުން މަނާކޮށްފައިވާ ބާވަތްތައް ހިފުމާއި ބޭނުންކުރުން މަނާވާނެކަމަށް.
  • ދޯނީގެފަޅުވެރިން މަސްވެރިކަމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ.
  • ރާއްޖޭގައި ހަދާފައިވާ އެއްވެސް ގާނޫނަކުން މަނާ ކޮށްފައިވާ ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން
    މަސްވެރިކަން ނުކުރެވޭނެ.

Leave a Reply