
ށ. މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާންގެ ހާދިސާއެއް ހިންގައި، 3 ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ށ. މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ 2026 ޖޫން 1ވަނަ ދުވަހުގެ ރޭ 23:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































