ރ. ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފިއެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލާޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނެރުނު ބަޔާުނުގައި ބުނީ މުސްތަފާ މަގާމުގެ މަސައްކަތްތަކުން 60ދުވަހަށް ދުރުކުރަން މިއަދު އެ ކޮމިޝަންއިން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވ ކަމަށެވެ.

މަގާމުން ސަސްޕެންޑްކުރީ މުސާރަލިބޭ ގޮތަށް ކަމެއްވެސް ނުބުނެއެވެ. އަދި މުސްތަފާއަށް ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން ހަމައެކަނި ބުނީ އެ ނިންމުން ނިންމީ މުސްތަފާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވަ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބަލައި ބައެއް ފަނޑިޔާރުން މީގެ ކުރިން މަގާމުން ވަކިވެސްކޮށްފައިވެއެވެ.

Leave a Reply