
ފިނޭންސް މިނިސްޓްރީގެ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް”ރިޕޯޓުގެ ތަފާސްހިސާބުތަކުން މި އަހަރުގެ ޖުލައި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުން ބަޖެޓުގެ އެންމެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ތައުލީމީ ދާއިރާއަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ވުޒާރާތަކަށެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަން ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް
2026ވަނަ އަހަރުގެ ހަރަދު: 2,715.9މިލިއަން ރުފިޔާ
2025ވަނަ އަހަރުގެ ހަރަދު: 1,932.9މިލިއަން ރުފިޔާ
އިތުރުވި އަދަދު: 783.0މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން
2026ވަނަ އަހަރުގެ ހަރަދު: 2,212.6މިލިއަން ރުފިޔާ
2025ވަނަ އަހަރުގެ ހަރަދު: 1,788.0މިލިއަން ރުފިޔާ
އިތުރުވި އަދަދު: 424.6މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
2026ވަނަ އަހަރުގެ ހަރަދު: 1,344.9މިލިއަން ރުފިޔާ
2025ވަނަ އަހަރުގެ ހަރަދު: 1,008.7މިލިއަން ރުފިޔާ
އިތުރުވި އަދަދު: 336.2މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
މި ތަފާސްހިސާބުތަކުން މިމަހުގެ 16ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35,078.3މިލިއަން (35.07ބިލިއަން) ރުފިޔާގައެވެ. ނަމަވެސް 2025ވަނަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 26,372.3މިލިއަން ރުފިޔާއެވެ. މިއާއެކު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 8,706.0މިލިއަން ރުފިޔާއިން އިތުރުވެފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































