ދެ ލޯންޗެއް ޖެހި މިރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފަސް މީހަކަށް ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ފަސްމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްވި އެއް ލޯންޗަކީ “ލީޖަން 1″ލޯންޗެވެ. އަދި އެކްސިޑެންޓްވި އަނެއް އުޅަނދު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓަށް ފަހު “ލީޖަން1 “ވަނީ މާލެ ގެނެސްފައެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply