އިންސާނުންގެ ގުނަވަން ބަދަލުކުރުމުގެ ބިލު ތަސްދީގުކޮށްފިއެވެ.

ސަރުކާރުން ސްޕޮންސާކޮށްގެން ހުށަހެޅި އެ ބިލު އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރީ މިދިޔަ މޭ މަހުއެވެ. ނަމަވެސް ގައިދީންއަށް ވެސް ގުނަވަން ބަދަލުކުރެވޭ ގޮތަށް ބިލު އޮތުމުން އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުއްވައިފައެވެ.

އޭގެ ފަހުން އިސްލާުތަކާއެކު އެ ބިލު މި މަހުގެ އެއްވަަނަ ދުވަހު އަލުން އޮތީ ފާސްކޮށްފައެވެ.

ރައީސް އޮފީހުން ބުނީ އެ ބިލު ރައީސް މުއިއްޒު ތަސްދީގުކޮށް ގެޒެޓްގައި ވެސް ޝާއިއުކޮށްފައިވަ ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ 180ދުވަސް ފަހުންނެވެ.

މިއަދު ތަސްދީގުކުރި ބިލުގައި އެ ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ އާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ “އޯގަން ޓްރާންސްޕްލާންޓް ކައުންސިލް”އިންނެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ އެ ގާނޫނުގެ ދަށުން އެކުލަވާލާ “އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ”އިންނެވެ.

Leave a Reply