ތ. ވަންދޫގައި ތަރައްޤީކުރާ މިސްކިތުގެ 95 އިންސައްތަ ނިމިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، އެ ރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. މި މިސްކިތުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެލްއެފް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިއީ 630،000 ޑޮލަރުގެ މަޝްރޫއެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ބުނެއެވެ. އަދި މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ބިންގާ ރަސްމީކޮށް އަޅުވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝުޖާއު އަބްދުލްޙަކީމާއި ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމެވެ.

Leave a Reply