މޯލްޑިވްސް ޕްރިމިއާ ބޭންކު(އެމްޕީބީ) ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން ‘އެމް.ޕީ.ބީ ޕްލަސް” އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް އިފުތިތާހުކޮށްދެއްވާފައެވެ.

އެމްޕީބީ އަކީ، ޓިއާ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ.

ބޭންކުގެ މަގުސަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ހިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުން ފަހި ފުރުސަތުތައް ހޯދައިދިނުމެވެ.

އެމްޕީބީގެ ހިދުމަތްތައް ފަރުމާކޮށްފައި ވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ހިދުމަތްދިނުމަށް ކަމަށް އެ ބޭންކުން ބުނެއެވެ.

Leave a Reply