ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ.ސިކުރާ/މާލެ، މުހައްމަދު ޝާން ރިސްވާން (19އ)އެވެ.

އެ މައްސަލައިގައި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި އަދި ތޫނު ހަތިޔާރުން މާރާމާރީ ހިންގުމެވެ.

އެ މައްސަލައިގައި ޝާންއާ ދެކޮޅަށް މެޑިކަލް ރިޕޯޓް، ސީސީޓީވީ ފުޓޭޖް އަދި އިންޓެލިޖެންސް ރިޕޯޓްވެސް ހުށަހަޅާފައިވެއެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝާން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

Leave a Reply