ދިވެހީންނަށް އެކަނި ހާއްސަވާ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރަން ވެގެން ބިދޭސީން މަސައްކަތްތެރިންގެ ކޯޓާ ދޫކުރުން ހުއްޓާލާ ދާއިރާތަކުގެ ލިސްޓުން ބޭބީ ސިޓާސް އުނިކޮށްފި އެވެ.

މިވީ ގޮތަކީ އެންމެ ފުރަތަމަ ލިސްޓު ނެރުނު އިރު ބޭބީ ސިޓާސް ހިމެނުމުން ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ. ދެމަފިރިން މަސައްކަތްކުރާން ޖެހޭނަމަ، ބޭބީ ސިޓާސް ޒަރޫރަތަކަށްވާއިރު ދިވެހިންނާއި ބިދޭސީން ހިމެނިގެން ވެސް ހޯދަން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

އެ ކަންބޮޑުވުންތަކަށް ފަހު, ހޯމް މިނިސްޓްރީން އަލުން މިއަދު ލިސްޓެއް ގެޒެޓްކުރި އެވެ. އާ ލިސްޓްގައި ހަމައެކަނި ތަފާތަކީ ބޭބީ ސިޓާސް ނެތުމެވެ.

މި ލިސްޓުގައިވާ ގޮތުން މީގެ ފަހުން ކޯޓާ ދޫނުކުރާނެ ވަޒީފާތައް:

  • ޓެކްސީ ޑްރައިވަރުން
  • މަތިންދާބޯޓުގެ ފާސްޓް އޮފިސަރުން/ ޕައިލެޓުން
  • ކަނޑު އުޅަނދުގެ ކެޕްޓަން
  • މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް
  • ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ ކޭޝިއަރުން

އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް:

  • ހެއާ ޑްރެސަރުން
  • ބިއުޓީޝަނުން
  • ބޭބީ ސިޓާސް
  • އިލެކްޓްރީޝަނުން
  • ޕާސަނަލް ޓްރެއިނާސް
  • ޓުއާ ގައިޑުން
  • ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
  • އެކައުންޓެންޓުން
  • އިމާމުން

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކަކީ، ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުންގެ އިތުރުން ޕައިލެޓުންނެވެ.

ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކަކީ އިލެކްޓްރިކަލް އިންޖީނިއަރުންގެ އިތުރުން ޑައިވް އިންސްޓްރަކްޓަރުންނެވެ.

Leave a Reply