ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ޖަލުގައި ސެޓްފިކެޓް 1އިން ޤިރާޢަތު ކޯސް ރަސްމީކޮށް ފަށައިފިއެވެ.

މި ކޯސް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ ކަމަށާއި މިއީ ގައިދިނީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 35 ގައިދީން ބައިވެފައިވާއިރު އެއީ އައްސޭރި ޖަލުގައި ތިބި 31 ޤައިދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުޑަކުދިންނެވެ.

މި ކޯސް ކުރިއަށްގެންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަމިއްލަ ތަޢުލީމީ މަރުކަޒު “އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް” (އައިކޯސް)އިންނެވެ.

މި ކޯހަކީ ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނުކުންނައިރު ދީނީ ކަންކަމަށް ލޯބިކުރާ ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކުރިޔަށްގެންދާ ކޯހެކެވެ މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ޖަލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ވަނީ  ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެންނެވެ.

Leave a Reply