ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމަތަށް އުނިކަން ލިބޭ ކަންކަން ނުކުރަން އިލްތިމާސްކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްއިން ނެރުނު ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުގެ ޕޯސްޓުތަކަށް އާންމުންގެ ބައެއް ފަރާތްތަކުން އެ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ފާޑުކިޔަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެކަން ކުށްވެރިކޮށް އެފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ދައުލަތުން ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް އެ ކައުންސިލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކައުންސިލްއިން އިތުރަށް ބުނީ ނުކުޅެދުންތެރިކަން ހުންނަ ފުރައްސާރަކުރުމަކީ އެފަދަ މީހުން ޝާމިލުވާ މުޖުތަމައުއެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

އަދި އެފަދަ ކަންކަން މުޖުތަމައުގައި އާންމުވެގެން ދިއުމަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ އަދި އެކަމުގެ ސަބަބުން އެފަރާތްތަކަށް އިންތިހާއަށް ކުރާނެ ކަމެއްކަން ވެސް ފާހަގަކުރިއެވެ.

Leave a Reply