ރާއްޖެ އެތެރެކުރަން އުޅުނު އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ވައިގެ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނިކޮށް ކަމަށެވެ.

އެގޮތުން 8.5ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތް ކަމަށާއި އޭގެ މަަގުމަތީއަގު ހަ މިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސްއިން ނުބުނެއެވެ.

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފަައިވާ އިރު މި އަހަރު ވަނީ ރާއްޖެ އެތެެރެކުރަން އުޅުނު 36ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.

Leave a Reply