މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދަކުން 36 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ބޮޑު މައްސަލައެއްގެ ތަހުގީގަށް، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޕާކިސްތާނަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައަކީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ދިވެހި ފުލުހުން ހުއްޓުވި ބޮޑު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު ކަސްޓަމްސް އާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހިނގި އޮޕަރޭޝަނެއްގައި ވަނީ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. އެއީ ހަސަން މަފާޒު، މަދާރުގެ އަދި މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް އެވެ.

އޭގެ ހަތަރު މަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މީހެއްގެ މަގާމުގައި މަސައްކަތްކުރާ ޒަފަރް އަހްމަދު (51އ) ނަމަކަށް ކިޔާ ޕާކިސްތާނުގެ ރައްޔިތަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ވަނީ އިތުރު 15 ދުވަސް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން 15 ދުވަސް ދިނީ ވަކީލާ ބައްދަލުނުވާ ކަމަށް އޭނާ ބުނެފައިވާތީއެވެ.

މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، ރޫނާ ނަމަކަށް ކިޔާ މީހެއްގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ދޮޅު ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްސަލައާއި، ދެ ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރި މައްސަލަ ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ، މެލޭޝިއާ ރައްޔިތެއްގެ ލަގެޖާ ހަވާލުވުމަށް ދިޔަ ދެ ދިވެހިންނެއް ވެސް ދާދި ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

Leave a Reply