ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ގިނަ އަދަދެއްގެ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

އޭގެ ތެރޭގައި  ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނަކާއި  ހިޔާ ޓަވަރު 8އާ ދިމާ ގޮނޑުދޮށުގައި ހުރި ހަޓްތެރެއިން ހޮވައިގެން ގެނެސްފައިވާ ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނެއް ހިމެނެއެވެ.

އޭގެ އިތުުރުން ހު ވެސްޓް ޕާކުން ހޮވައިގެން ގެނެސްފައިވާ ޓެބްލެޓެއް ވެސް ހިމެނެއެވެ.

ވެރިފަރާތް ހޯދަމުންދާ އިތުރު ތަކެތި

  • އޭޑީކޭ ކައިރިން ހޮވައިގެން ގެނެސްފައިވާ 500ރުފިޔާ.
  • އެޕްރީލް 29ވަނަ ދުވަހު ވެސްޓް ޕާކުން ހޮވައިގެން ގެނެސްފައިވާ ދަބަހަކާއި ހެލްމެޓެއް
  • ހޮޮވައިގެން ގެނެސްފައިވާ ފަންކާއެއް
  • ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ 2610ރުފިޔާ.

Leave a Reply