ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ މަޖިލީހުގެ ގިނަ މެމްބަރުންތަކަކާއެކު ޕާކިސްތާނަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ އެ ބޭފުޅުން ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ކަމަށެވެ. އަދި މިއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެހެންވެ އެ ދަތުރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޮފިޝަލު ނުދެއްވައެވެ.

އަދި އަބްދުއް ރަހީމްއާއެކު ޕާކިސްތާނަށް ވަޑައިގަތް މެމްބަރުންގެ ނަމާއި ސީދާ އަދަދެއް ވެސް ވިދާޅެއް ނުވެއެވެ.

ނަމަވެސް “ދެން”އަށް އެނގިފައިވާ ގޮތުން އެ ދަތުރުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކްއާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެކިއެކި ބައްދަލުވުންތަކަށް މީގެ ކުރިން ވެސް މަޖިލީހުގެ ބޭފުޅުން އެކި ގައުމުތަކަށް ދަތުރުކުރައްވާފައިވެއެވެ.

Leave a Reply