
ޗައިނާ ޓޫރިސްޓުންގެ އަދަދު އަދަދު ދެ ލައްކައަށްވުރެ މަތިވެފައިވާ ކަމަށް ދައްކައިފިއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖުލައި 22ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. މިއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި ޗައިނާ އަންނަނީ ހިފަހައްޓަމުންނެވެ. މި އަހަރު ނިޔަލަށް ޗައިނާއިން ޖުމްލަ 201,739 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިިކަމުގެ ހިސާބުތަކުން އެނގޭ ގޮތުން މިއީ ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 17.2 ޕަސެންޓް އިތުރުވުމެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން ޗައިނާގެ ފަހަތުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ރަޝިޔާއިންނެވެ. ރަޝިޔާ އިން 170,887 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މާކެޓުގެ 14.6 އިންސައްތައެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. މިއީ 94,139 ފަތުރުވެރިން ނުވަތަ 8.0 އިންސައްތައެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































