ރާއްޖެއިން މިފަހުން ހިމަބިހި ފެންނަން ފެށުނު ފަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު 72އަށް އަރައިފިއެވެ.

މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.

ރާއްޖޭގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އެކްސްގައި ވިދާޅުވީ ހިމަބިހީގެ 72ކޭހަށްވެރެ ގިނައިން ފެނުނުއިރު، ހަތަރު ކުޑަކުދިން ފިޔަވާ ދެންމުޅިންވެސް ތިބީ ޒުވާންފުރައިގެ މީހުން ކަމަށެވެ.

އެހެންވެ އުމުރުން 15-35އަހަރުގެ މީހުންގެ ހިމަބިއްސަށް ޖަހާ 2ޑޯޒް ފުރިހަމަކުރަން އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ނުކުރާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ވެސް ހެލްތު މިނިސްޓްރީން މިހާރު ދަނީ ކުރިއަށްގެންދަމުން ނެވެ. އިންޑިއާއިން ވަނީ އެކަމަށް ބޭނުންވާ ވެކްސިން ޑޯޒްތައް ދާދި ފަހުން ރާއްޖެއަށް ހަދިޔާވެސްކޮށްފައެވެ.

ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ “މީސްލްސް”ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްޙީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ.

Leave a Reply