ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާނީވިލާ / ޅ. ނައިފަރު، މުޙައްމަދު މުބާރިކް (32އ) އާއި ސައިލުގެ / ޅ. ނައިފަރު، ޙަސަން ޤާސިމް (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ބުނެފައިވެއެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ ގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލުހުން ފެނުމުން، އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި އެ މީހުން އެ ވަގުތު ތިބި ސަރަހައްދާއި، ގެންގުޅުނު ތަކެތި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މުބާރިކް (32އ) 15 ދުވަހަށް އަދި ޙަސަން ޤާސިމް (23އ) ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply