
ލ. ގަމުގައި ގަވާއިދާ ޚިލާފަށް ކަރަންޓު ނަގައިގެން ބޭނުންކުރަމުން ދިޔަ ތަނެއްގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު ހާދިސާ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކަމާބެހޭ އިދާރާތަކުގެ އެއްވެސް ހުއްދައެއް ނުހޯދައި، ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކަރަންޓު ވަޔަރުކޮށްފައި ހުރުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން އަންނަނީ އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރަމުންނެވެ.
މި ހާދިސާ ހިނގާފައި ވަނީ ފާއިތުވި މަހުގެ 26ވަނަ ދުވަހުގެ ރޭ 14 އަހަރުގެ ކުއްޖާ ޢީދު ކުޅިވަރަށް ތައްޔާރުވުމުގެ މަސައްކަތުގައި، މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ނުވަތަ ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކުއްޖާގެ ޙާލަތު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ނެގެސްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގަމުގައި ކަރަންޓުގައި ޖެހި، ޙާލުދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































