ލޭގެ ބަލިތަކަށް ރާއްޖެއިން ފުރަތަމަ ހާއްސަވި ޑޮކްޓަރަކަށް ޑރ. ޒީނާ މުހައްމަދު ފުއާދު ވެއްޖެ އެވެ.

ކްލިނިކަލް ހެމަޓޮލޮޖީގެ ދާއިރާއިން އިތުރަށް ކިޔަވާ ވިދާޅުވުމަށް ފަހު ޒީނާ މިހާރު ވަނީ އައިޖީއެމްއެޗްއާ ވެސް ގުޅިވަޑައިގެންފަ އެވެ.

ޒީނާ އެ ހޮސްޕިޓަލާ ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިޔައި އައިޖީއެމްއެޗްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒީނާގެ ހާއްސަ އިރުޝާދުގެ ދަށުން ބަލި މީހުންނަށާއި މުޖުތަމައުއަށް ވަރަށް ބޮޑަށް ފައިދާ ވެގެންދާނެ ކަމަށެވެ.

ޒީނާ ކުރިން ވަނީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޒީނާ އެމްބީބީއެސް ހާސިލުކުރެއްވީ އިންޑިއާގެ ލޭޑީ ހާޑިންގެ މެޑިކަލް ކޮލެޖުން ނެވެ. އަދި އިންޓާނަލް މެޑިސިންއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ ނެޝެނަލް ޔުނިވާސިޓީ އޮފް މެލޭޝިއާއިން އެވެ.

Leave a Reply