ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ހާއްސަ މެހުމާންދާރީއެއްގެ ދަށުން އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.

އެ މަނިކުފާނު އެނބުރި ގައުމަށް ވަޑައިގަތުމާ އެކު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ކަންކަން ވައިގެ ބަނދަރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ދެކަނބަލުންނަށް އިސްތިގުބާލު ކުރެއްވުމަށް އެއާޕޯޓަށް ވަޑައިގެންފައެވެ.

ރައީސްގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. ދެކަނބަލުންނަށް އެރުވި މެހުމާންދާރީގެ ކަންކަމާއި މި ދަތުރުފުޅުގައި ހިނގި އެންމެހާ ޚަރަދެއް އެއްކޮށް ހަމަޖައްސަވައިދެއްވީ ސައުދީ ސަރުކާރުގެ ފަރާތުންކަން ފާހަގަކުރެވެއެވެ.

Leave a Reply