މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އިސްތިއުފާ ދެއްވަައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ޓޫރިޒަމްގެ އިސްވެރިން ހިމެނޭ ފޮޓޯއަކާއެކު ބައްސާމް ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުން އިސްތިއުފާ ދެއްވީ އަމިއްލަ ކަންތައްތަކެއް އިސްކަން ދިނުމުގެ ގޮތުން، އެކަމަށް ވަގުތު ބޭނުންވާތީއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މަޓާޓޯއަށް އިރުޝާދު ދިނުމަކީ، ޚާއްސަކޮށް ޓޫރިޒަމް ސިނާއަތް މިހާ ހަލުވިކަމާއެކު ބަދަލުވަމުންދާ ދަނޑިވަޅެއްގައި ލިބުނު ޝަރަފެކެޗެ.

“އަޅުގަނޑު މި މަގާމުން ވަކިވެގެން މިދަނީ، އަޅުގަނޑުމެން ފެށި މަޝްވަރާތަކާއި، ބަދަހިކުރި ގުޅުންތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްޓަކައި އަޅުގަނޑުމެން އުފެއްދި ވަރުގަދަ އަޑާމެދު ފަޚުރުވެރިވާ ހާލުގައެވެ.”ބައްސާމް ވިދާޅުވިއެވެ.

ބައްސާމްއަކީ ކުރިން ވިޒިޓް މޯލްޑިވްސްގެ ޑެޕިއުޓީ އެމްޑީގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.

Leave a Reply