ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ބޮޑުބައި ހިއްކައި ނިމިފައިވާކަން އާންމުކުރައްވައި، ޖޫން މަގު ގޯތިތައް ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ‘ބިންވެރިޔާ’ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް 1250 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް އެތަނުން ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް މިއަދު އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ.

އަދި އަންނަ މަހު އެއްކޮށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލައި، އެއަށްފަހު ސާވޭ ކުރުމުގެ މަސައްކަތްވެސް ނިންމާލުމަށްފަހު، އަންނަ ޖޫން މަހު ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު އެތަނުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތިތައް ގުޅިފަޅަށް ބަދަލުކޮށްފައިވެއެވެ.

 

Leave a Reply