މާލެއިން ހުޅުމާލެއަށްދާ ބްރިޖް ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:45 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރު ލޭންގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޖެހިގެން ކަމަށެވެ.

އެ ކާރު، މަޑުކޮށްގެން އޮތް ކާރުގައި ޖެހި، ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލު ލޭނަށް އަރައި، އެވަގުތު ދަތުރުކުރަމުން ދިޔަ އިތުރު 4 ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

“މި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވެފައިވޭ. އެއީ 4 ދިވެހި ފިރިހެނުން،” ފުލުހުން ބުންޏެވެ.

އެމީހުންގެ ތެރެއިން 2 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަނެއް 2 މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

Leave a Reply