ލައިސެންސް ނެތި ވެލާނާ އިންޓަނޭޝަނަލަ އެއާޕޯޓު(ވީއައިއޭ)ގައި ޑޮލަރު ގަނެ ވިއްކަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތުސާރު ދަލި(20އ.) ނަމަކަށް ކިޔާ ބަނގުލަދޭޝް މީހެކެވެ.

ބަންދު އަމުރުގައިވާ ގޮތުން ތުސާރު ހައްޔަރުކުރީ އެއާޕޯޓު ޓާމިނަލް 2ގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތްއިރު އޭނާއަކީ ކާކުގެ ސްޕޮންސާއެއްގެ ދަށުން މަސައްކަތް ކުރާ މީހެއްކަން އެނގޭނެ ލިޔެކިޔުމެއް ވެސް ނެތްކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ލައިސަންސްއާ އެކު މާލޭގެ ޑޮލަރު ވިއްކާ ތަންތަނުގެ ކުރިމަތީގައި ވެސް ބިދޭސީން ޑޮލަރު ވިއްކާ ކަމުގެ ކަންބޮޑުވުންތައް ގިނައެވެ.

Leave a Reply