މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްއަކަށް އަހުމަދު ނާއިފް އިންތިހާބުކޮށްފި އެވެ.

ދައުރު ނޫހުގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނާއިފް އެމްޖޭއޭގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޖޭއޭގެ އިންތިހާބުގައި ވާދަކުރައްވައިގެން ނެވެ.

ނާއިފް އިންތިހާބުވެވަޑައިގެންނެވީ 95 ޕަސެންޓް ވޯޓުންނެވެ.

ރޭގެ އިންތިހާބުގައި އެމްޖޭއޭގެ ނާއިބު ރައީސްގެ މަގާމަށް ވެސް ވަނީ ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެ މާގަމަށް އިންތިހާބުކުރީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެވެ.

ރޭ އިންތިހާބުކުރި އިތުރު މަގާމުތައް

  • ސެކެޓްރީ ޖެނެރަލް – އަލީ ރިފްޝާން (ވަން އޮންލައިން)
  • ބަޖެޓު ސެކެޓްރީ-  މުހައްމަދު އުސާމް (ދައުރު)
  • އާންމު މެމްބަރު – އިބްރާހިމް މާހިލް މުހައްމަދު (ސޯސަލް)
  • އަންހެން މެމްބަރު – ނަޝާމާ މުހައްމަދު (އެމްވީ ޕްލަސް)
  • އަންހެން މެމްބަރު – މަރިޔަމް ޒަހާ (މާއްދާ ހަތަރެއް)

އެ މަގާމުތަކަށް އިންތިހާބު ކޮށްފައިވަނީ ތިން އަހަރު ދުވަހުގެ ދައުރަކަށެވެ. އާ އެކްސްކޯގެ މެންބަރުން މަގާމުތަކާ ހަވާލު ވާނީ މި މަހުގެ 17ވަނަ ދުވަހުގަ އެވެ.

Leave a Reply