މާލޭ މަގުމަތީ 40 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ މާލޭގެ ސަބުދެލި މަގުގައި ހުންނަ ޗާންދަލިއާ ކައިރީ މިރޭ 8:30 ޖަހާއިރެވެ.

ޒަހަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ. ހޮސްޕިޓަލަކުން ފަރުވާ ހޯދި ކަމެއް ނޫނީ ނުހޯދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ އިރު އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

Leave a Reply