
ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ޒިހާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހާއި ސުޕްރީމް ކޯޓާއި އަދި ރައީސް އޮފީހުގައި ހުޅު ޖަހަން ފުުރުސަތު ނުލިބެނީ ކީއްވެތޯ އައްސަވައި އެއީ މަޖާ ކަމަކަށްވާނެ ކަމަށް ވިދާޅުވެފައެވެ.
ޒިހާންގެ ޕޯސްޓާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ އެކި މީހުން އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އިއްޔެ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.
ޒިހާންގެ ބަންދާމއދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާ 15ދުވަހަށް ބަންދުކުރަން ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޒިހާން ހުޅުޖަހާ ވާހަކަ ދެއްކެވީ ކީއްވެގެން ކަމެއް އަދި އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމެއް ވެސް ސާފެއްނުވެއެވެ.
ޒިހާން ފަހުން ވަނީ އެ ޕޯސްޓު ޑިލީޑް ވެސް ކޮށްލައިފައެވެ















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































