ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ އިހުސާން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތ،ީ މިއަދުން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަގާން ވަނީ ވަކިވެފައި ކަމަަށެވެ.

އިހުސާން އިސްތިއުފާ ދެއްވިއިރު އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އޮތީ ބަލަން ވެސް ފަށައިފައެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ 60ދުވަހަށް ހުރީ ސަސްޕެންޑްކޮށްފައެވެ.

އަދި  އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން އޮތީ ނިންމައިފައެވެ.

އިހުސާން ސަސްޕެންޑްކޮށް ޖޭއެސްސީން ކުރިން ބުނީ އެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ގާޒީ އިހުސާން މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ސަސްޕެންޑްކުރީ ކަމަށެވެ.

Leave a Reply