އައިޖީސީއެސްއީ އިންތިހާނާ ގުޅިގެން ބައެއް ސްކޫލުތައް ހިމެނޭ މަގުތައް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ ހެނދުނު 09:15 އިން 10:30 އަށް، އައިޖީސީއެސްއީ އިނގިރޭސި ލިސްނިންގ އިމްތިހާނު ކުރިއަށްދާނެތީ، އެ ވަގުތުތަކުގައި މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، އިމްތިހާނު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ އަދި އެ ސަރަހައްދު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންގެ ހިދުމަތަށް ދެއްވާ އެއްބާރުލެއްވުމަށް އިހުލާސްތެރިކަމާ އެކު ޝުކުރުއަދާ ކުރާ ކަމަށާއި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

Leave a Reply