ބިދޭސީ އެކޮމޮޑޭޝަންއަކުން ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ރ. މަޑުއްވަރި/ފުއްޓަރު، އަހުމަދު ނާޒިމް (31އަހަރު)އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ނާޒިމް ހައްޔަރުކުރީ ބިދޭސީ އެކޮމޮޑޭޝަންއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށް އެތާ ތިބި މީހުންނަށް ފެނިގެން އޭނާ ހިފަހައްޓައި ފުލުހުން ގެނައުމުންނެވެ.

ވައްކަމުގެ ގިނަ ރެކޯޑްތަކެއް ނާޒިމްގެ އޮންނާތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކޮށްފާނެ ކަމުގެ ބިރު އޮތުމުން އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ތަކުރާރުކޮށް ވައްކަންކުރާ މީހުންގެ މައްސަލަ ވަރަށް ބޮޑެވެ. އެފަދަ ކުށްތަކާ މަސްތުވާތަކެއްޗާވެސް ގުޅުން ބޮޑެވެ.

Leave a Reply