މަސްތުވާތަކެތީގެ މައްސަލައެއްގައި 21އަހަރުގެ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ކ. ހުރާ / ސާނީވިލާ، ހުސައިން ޝާވިން (26އ)އާއި ތ. ތިމަރަފުށި / ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ)އާއި،  ސ. ހުޅުދޫ / ރޭޝަމް، މުހައްމަދު ނާހިލް (25އ)އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230ވޭޕް ކާޓްރިޖާއި، 26ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނުނު ކަމަށެވެ.

އެހެންވެ އެ ތިން މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޝާވިންއާއި، ޢިޝާ އަޝްރަފް 15ދުވަހަށް އަދި މުޙައްމަދު ނާއިލް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ  މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply