ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅުުތަކަކަށް ފޯރުކޮށްދީފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ތަކެއްޗަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް އެ މިނިސްޓްރީއާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން ލިބުނު ތަކެތި ކަމަށެވެ.

އެގޮތުން 25ސްޕްރޭޔަރު ފޯރުކޮށްދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ސްޕްރޭޔަރުތައް ފޯރުކޮށްދިން ބައެއް ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ އަދި  މ. މުލި ހިމެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު)އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީގައި އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

އެހެންވެ ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި ވަސީލަތްތައް ގާއިމުވެފައި ހުރުމަކީ މުހިންމުކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Leave a Reply