
ތިލަފުށީގައި މިހާރު ތަރައްޤީކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް، ތާވަލާ އެއްގޮތަށް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލާދީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ތިލަފުށީގައި ހަދާ 100 މީޓަރު ދިގުމިނުގެ މަގަތުފާލަމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ. މިއާ އެކު، 80 މީޓަރުގެ ބާޖެއްގެ އެހީގައި ކޮންޓެއިނަރުތައް ހުސްކުރުމާއި، މުދާ ބަރުކުރުމުގެ އަމަލީ މަސައްކަތްތައް އެރަށުން ރަސްމީކޮށް ފެށިގެންދާނެއެވެ. އޭރުން މާލެއާއި ތިލަފުށީގެ ބަނދަރުގައި ހަމަހަމަ ގޮތެއްގައި އޮޕަރޭޝަންތައް ހިނގަމުންދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
Thilafushi Port Project Phase I is progressing steadily, supporting the development of a modern and efficient port facility that will strengthen national logistics and maritime services.
The project continues to move forward in line with the planned construction. Once completed,… pic.twitter.com/B6KGbK4Yl1
— Ministry of Economic Development,Transport & Trade (@MoEDmv) September 1, 2026
މި ބިޔަ މަޝްރޫޢުގެ ދަށުން، މައި ބަނދަރުގެ އޮޕަރޭޝަންތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ މަސައްކަތްތައް ކުރިއަށްގެންދާނީ މާލޭގެ ހުޅަނގު ދެކުނުން، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައެވެ. އައު އިންތިޒާމުތަކާ އެކު، ހުޅުމާލެއާއި މާލެއަށް އެތެރެކުރާ މުދާ، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ކްލިއަރކޮށް ނިންމޭނެ ފަސޭހަ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ޔަޤީންކަން ދެއެވެ.
ޒަމާނީ މި ބަނދަރު ވުޖޫދަށް އައުމުން ދައުލަތުގެ އިޤްތިޞާދަށާއި ވިޔަފާރިވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ކޮޅުވެއްޓި އަދި ރޯރޯ ފެރީގެ ނިޒާމު މެދުވެރިކޮށް ކޮންޓެއިނަރުތައް އުފުލުމުގެ ކަންކަން ހަމަޖެހިގެން ދިއުމާ އެކު، މާލޭގެ އެތެރޭގެ ޓްރެފިކަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތިން މުދާ އުފުލުމާއި ބޭލުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































